viber_image_2021-10-24_06-23-13-306ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ނިލަންދޫގައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ

އޮކްޓޯބަރ 22 އަދި 23 ވަނަ ދުވަހު ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނާއި މާމެންދޫ ޕޮލިސް ސްޓޭޝަން އަދި ނިލަންދޫ ޕޮލިސް ޑެސްކު ގުޅިގެން 'މުޖުތަމައުގެ އަމާންކަމަށް އަހަރުމެންގެ ދައުރު' ގެ ނަމުގައި ކުރިއަށްގެންދިޔަ އެ ޕްރޮގްމާރުގައި ރައްޔިތުންނާއި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

viber_image_2021-10-24_06-23-11-826

އެގޮތުން، ގޭބިސީތަކަށް ޒިޔާރަތްކޮށް، މުޖުތަމުގައި ހިނގަމުންދާ ކުށްތަކާއި އެ ކުށްތަކުން ސަލަމާތްވުމާއި ރައްޔިތުންގެ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އަންނަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށާއި އެފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުށެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށް ލަސްނުކޮށް އެކަމެއް ރިޕޯޓު ކުރުމަށް އިރުޝާދުދީފައިވެއެވެ.

އޭގެ އިތުރުން، ރަށުގެ ވިޔަފާރިކުރާތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، ވިޔަފާރިތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންވީ ކަންކަމާއި ވިޔަފާރި ބަންދުކޮށްފައި ދާއިރު ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށާ އަދި ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަގީންކުރުމަށާއި ފައިސާ ގެންގުޅުމުގައި އިތުރަށްސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

viber_image_2021-10-24_06-23-10-334

އެ ޕްރޮގްރާމްގެ ތެރެއިން ނިލަންދޫ ސްކޫލުގެ ގްރޭޑް 4 އިން 10 އަށް ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށްވެސް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، މުޖުތަމައުގައި ކުދިންގެ މެދުގައި ހިނގާ ކުށްތަކާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމާ އަދި އަމާން މުޖުތަމައަކަށް ސްކޫލު ކުދިންގެ ދައުރު  ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ.

އެ ރަށު ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި، މުޖުތަމައުގައި ހިނގާ ކުށްތަކާއި އެކުށްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ފުރާވަރު އުމުރުގެ ކުދިން ކުށްތަކަށް އަރައިގަންނަން މެދުވެރިވާ ސަބަބުތަކާއި އެ އުމުރުގެ ކުދިން އާންމުކޮށްކުރާ ކުށްތަކުގެ މައުލޫމާތު ހިއްސާކޮށް ކުދިން އެފަދަ ކަންކަމުން ދުރުހެލިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.

viber_image_2021-10-24_06-23-08-862

އަދިވެސް އޭގެ އިތުރުން، ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ރަށުގެ ޒުވާނުންނާ އެކު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި، ރަށުތެރެ ސާފުކުރުމުގެ ހަރަކާތަކާއި ފުލުހުންނާއި ނިލަންދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފައިވެއެވެ. އަދި ޒުވާނުންގެ މެދުގައި ވޮލީމެޗެއް ކުރިއަށް ގެންގޮސް ކޭކު ފެޅުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އެ ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމުގައި ގއ. ނިލަންދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އެހީތެރިކަން ލިބިފައިވެއެވެ.