Traffic 2

ޓެކްސީ ހިދުމަތަށް އަލަށް ނުކުންނަށް މީހުންނަށް އަމާޒުކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމާއި ޓެކްސީ ހިދުމަތުގައި ދެމިތިބި މީހުން ހޭލުންތެރިކުރުމަށް ހިންގި ޕްރޮގްރާމް ނިންމާލައިފިއެވެ.

މި އޮކްޓޯބަރު މަހުގެ 17 ން 21 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ އަދި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެވެ.

Traffic

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމުގައި 121 މީހުން ބައިވެރިވެފައިވެއެވެ. އަދި ހޭލުންތެރިކުރުމަށް ހިންގި ޕްރޮގްރާމުގައި 51 މީހުން ބައިވެރިވެފައިވެއެވެ.

ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމަށް ހިންގާ މި ޕްރޮގްރާމަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ ތަމްރީން ޕްރޮގްރާމެކެވެ. އަދި މިއީ މިއަހަރު ހިންގި މިފަދަ ތިން ވަނަ ޕްރޮގްރާމެވެ.