7

ކްރައިމް ސީން އިންވެސްޓިގޭޝަންގެ މާލެއާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ޓީމް ލީޑަރުންނަށް ހާއްސަކޮށްގެން ސެމިނަރއެއް ފަށައިފިއެވެ.

މިއަދު ފެށި އެ ސެމިނަރގައި، ކްރައިމް ސީން އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމާއި، ހިންގުންތެރިކަމުގެ ހުނަރު އިތުރުކޮށް ހަރުދަނާ ކުރުވުމުގެ އިތުރުން ފޮރެންސިކް ސަރވިސްގެ ގަވާއިދުތަކާއި އުސޫލުތަކާ އަދި ފޮރެންސިކްގެ ހިދުމަތްތަކަށް މުވައްޒަފުން އިތުރަށް އަހުލުވެރި ކުރުވުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. އަދި ކްރައިމް ސީން އިންވެސްޓިގޭޝަންގެ މަސައްކަތްތަކަށް ޓީމް ލީޑަރުން އިތުރަށް އަހުލުވެރި ކުރުވުމާއި އެ މަސައްކަތްތައް އެހެން ބަޔަކަށް އުނގަންނައި ދެވޭފަދަ ބަޔަކަށް ލީޑަރުން ހެދުމުގެ އިތުރުން ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއެކު ލީޑަރޝިޕްގެ ފެންވަރުހުރި ޓީމް ލީޑަރުންތަކެއް އުފެއްދުމަށްވެސް އެ ސެމިނަރގެ ތެރެއިން މަސައްކަތް ކުރެވިގެންދާނެއެވެ.

8

އޭގެ އިތުުރުން، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނާ އަދި ގާނޫނުތަކާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ. އަދި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ފޮރެންސިކް ލެބްތަކުގައި މިހާރު ކުރެވޭ ތަހުލީލުތައް ދެނެގަތުމާއި، އަމިއްލައަށް އިސްނެގުމާ އަދި ރޭވުންތެރިކަން ފަދަ ލީޑަރޝިޕް ހުނަރުތަކުގެ އިތުރުން ބައިނަލް އަގުވާމީ މިންގަނޑެއްކަމުގައިވާ އައި.އެސް.އޯގެ މިންގަޑުތަކަށް ޓީމް ލީޑަރުން އަހުލުވެރިކުރުވުމުގެ މަސައްކަތްވެސް ސެމިނަރގައި ކުރިއަށްގެންދާނެއެވެ.

މިއަދުން ފެށިގެން 11 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ސެމިނަރ ނިމިގެންދާއިރު ކޮންމެ ޓީމް ލީޑަރެއްވެސް އެ މީހެއްގެ ޝިފްޓާއެކު ކުރިއަށް އޮތް އެއް އަހަރު ދުވަހަށް މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލާނެއެވެ. އެ ޕްލޭނުގައި، ޝިފްޓުތައް މޯޓިވޭޓު ކުރުމާއި މުވައްޒަފުންގެ އިލްމީ ގާބިލުކަން އިތުރުކުރުމަށް ކުރާނެ ކަންކަން ހިމަނާނެއެވެ. އެ ހަރަކާތްތަކުގެ ތެރޭގައި މާލެއާއި އަތޮޅުތަކުގައި ރައްޔިތުންނާއި އިންވެސްޓިގޭޝަން އޮފިސަރުން އަދި ފްރަންޓްލައިން ފުލުހުންނަށް ބޭނުންވާ މިންވަރަށް ފޮރެންސިކާ ގުޅޭ ފުރިހަމަ މައުލޫމާތު ހިއްސާ ކުރުން ހިމެނެއެވެ.