3

އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ ވަފުދެއް ދިވެހި ފުލުހުންގެ ހިދުމަތަށް ޒިޔާރަތްކޮށް ފުލުހުންނާ ބައްދަލުކޮށްފިއެވެ.

އެ ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުއް ރަހުމާންއާއި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާހުއާއި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝަހީމްގެ އިތުރުން ޕޮލިސް އެކަޑަމީއާއި، އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ އިސް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

5

އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ 24 ބައިވެރިންނާއެކު މިއަދު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިހުރި ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި 2019 އިން 2024 އަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާފައިވާ ސްޓްރެޓީޖިކް ޕްލޭންގައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

4

އޭގެ އިތުރުން، މިހާރު އަމަލުކުރަމުންދާ ފުލުހުންގެ އައު ގާނޫނުގެ ދަށުން ފުލުހުންގެ ހިދުމަތަށް ގެނެސްފައިވާ ބަދަލުތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

7

އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ ވަފުދު މިއަދު ކުރި އެ ޒިޔާރަތަކީ ތަޖުރިބާ ދަތުރެއްގައި ދިވެހިރާއްޖެއަށް ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ދިވެހި ފުލުހުންގެ ހިދުމަަތަށްކުރި ޒިޔާރަތެކެވެ.