yoonus

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޔޫނުސް، ބަނގްލަދޭޝް (52އ)

ޕާސްޕޯޓް ނަންބަރު: BC0642839

ހާޒިރުކުރެވޭ ހައިސިއްޔަތު: ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިމަކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަން، 2021 އޮކްޓޯބަރ 30 ވަނަ ދުވަހުގެ 14:00 އަށް

ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަން ނަންބަރު: 9790111