މަތީގައިވާ ވީޑިއޯއިން ފެންނަ މީހުންނަކީ 2021 ޖޫން 22 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، ލިލީމަގުން ހުޅަނގުން އިރަށް ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހެއްގެ އަތް ދަބަސް، ފަހަތުންއައި ސައިކަލުގައި ތިބި މި ދެ މީހުންވެގެން ފޭރިފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ ބައެކެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ދުއްވާފައިވަނީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން ވަނީ އެނގިފައެވެ.

MugginSuspect

ވީމާ މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައިވާ ފަރާތެއް ވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު  490169 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.