23

އައްޑޫ ސިޓީގައި އިމާރާތްކުރާ ފުލުހުންގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ޒިޔާރަތް ކުރައްވައިފިއެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް އައްޑޫ ސިޓީ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ފުލުހުންގެ ނެޝަނަލް ކޮލެޖަށް އެ ކުރެއްވި ޒިޔާރަތުގައި އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވައިލެއްވިއެވެ.

24

އެ މަސައްކަތްތައް ބައްލަވައިލައްލައި މީޑިއާތަކާ ބައްދަލު ކުރައްވައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ކޮލެޖުގެ މަސައްކަތުގެ ވަރަށް ބޮޑުބައެއް ނިމިގެން ގޮސްފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، އައްޑޫ ސިޓީގައި ކުށްމަދުކުރުމަށް އިތުރު މަސައްކަތްތައް ކުރެވިގެންދާނެ ކަމަށާއި އައްޑޫ ސިޓީގައި ފުލުހުން އިތުރު ކުރުމާއި ފުލުހުންގެ މަސައްކަތައް ބޭނުންވާ ތަކެތި އިތުރު ކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ވަރަށް ބޮޑެތި ބަދަލުތަކެއް ފުލުހުންގެ މަސައްކަތްތަކަށް ގެނެވިގެން ދާނެކަމުގައި ވިދާޅުވިއެވެ.