މަތީގައިވާ ވީޑިއޯއިން ފެންނަ ތިން މީހުންނަކީ 2021 މެއި 16 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، ވައިލެޓްމަގުގައި ހުންނަ ގުދަނަކުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެކެވެ.

GudhanVakkanSuspects

ވީމާ މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު  487193 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.