MPS2253

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

އޮކްޓޯބަރ 3 ވަނަ ދުވަހު ސައިރިކްސް ކޮލެޖު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕިކަޕު ބެޓެރިއެއް. އިންސިޑެންޓް ނަންބަރ 500131

އޮކްޓޯބަރ 5 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބޯލްޓް ކަނެކްޝަން ފޮއްޓެއް. އިންސިޑެންޓް ނަންބަރ 500337

އޮކްޓޯބަރ 6 ވަނަ ދުވަހު އިރަމާ މަގުގައި ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވެރިއަކުނެތް ގޭސްފުޅިއެއް. އިންސިޑެންޓް ނަންބަރ 500411

އޮކްޓޯބަރ 7 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުން އެއާޕޯޓު ފެރީޓާމިނަލް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 165 ރުފިޔާ. އިންސިޑެންޓް ނަންބަރ 500528
އޮކްޓޯބަރ 8 ވަނަ ދުވަހު މ. ޖަވާހިރުމަގުގައި ހުރި ވެރިއަކުނެތް ގުރާ ކޮއްޓެއް. އިންސިޑެންޓް ނަންބަރ 500626
އޮކްޓޯބަރ 10 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަޓަރ އޮފް މެޝިނެއް. އިންސިޑެންޓް ނަންބަރ 500767

އޮކްޓޯބަރ 11 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ލަކުޑި ފަސް ފަތިގަނޑު. އިންސިޑެންޓް ނަންބަރ 500876

އޮކްޓޯބަރ 11 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލެއްގެ މަޑިދަށުން ފެނިފައިވާ ވަގަށް ނަގާފައިވާކަަމަށް ބެލެވޭ  ސެމްސަންގ ޓެބްލެޓެއް. އިންސިޑެންޓް ނަންބަރ 500945

އޮކްޓޯބަރ 12 ވަނަ ދުވަހު ލޯކަލް މާރުކޭޓު ކައިރިން ފެނިފައިވާ ވެރިއަކުނެތް ފްލަޑް ލައިޓެއް. އިންސިޑެންޓް ނަންބަރ 500981

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

އޮކްޓޯބަރ 14 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގެ 7 ވަނަ ޓަވަރު ކައިރިން ފެނިފައިވާ ވެރިއަކުނެތް ތަޅުދަނޑިއެއް. އިންސިޑެންޓް ނަންބަރ 501155

އޮކްޓޯބަރ 14 ވަނަ ދުވަހު ހުޅުމާލެ ކޮރަލްވިއު ފުލެޓް ކައިރިން ހޮވައިގެން ގެނެސް ފުލުުހުންނާ ހަވާލުކޮށްފައިވާ ވޮލެޓެއް. އިންސިޑެންޓް ނަންބަރ 501199

މި ތަކެތީގެ ވެރިފަރާތުން، ހުޅުމާލެ ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9980062 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.