އެންމެ ފަހުން ބެއްވި ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ހިންގި އޮޕަރޭޝަންގެ ބްރީފިންގ ގެ ތެރެއިން
އެންމެ ފަހުން ބެއްވި ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ހިންގި އޮޕަރޭޝަންގެ ބްރީފިންގ ގެ ތެރެއިން

އޮކްޓޯބަރ 1 އިން 18 އަށް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މޯލްޑިވްސް ޕޮޮލިސް ސަރވިސްގެ ސެންޓްރަލް ޕޮލިސިންގ ކޮމާންޑުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނުގެ ކޮމާންޑަރުން ކަނޑައަޅައިފިއެވެ.

އެގޮތުން، ސާފް ޗެމްޕިއަންޝިޕްގެ ސެކިއުރިޓީ ކޮމާންޑަރަކަށް ކަނޑައަޅާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްހާންއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ކަނޑައަޅާފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްމަތީން ޢަބްދުލްކަރީމްއެވެ.

އޭގެ އިތުރުން، ފީލްޑް ކޮމާންޑަރުންގެ ގޮތުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޞަބާޙާއި، އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ލުތުފީގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސް ސައީދު ޢަބްދުލްހަކީމް ވަނީ ކަނޑައަލާފައެވެ.

ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަށް އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރު ވަނީ ވެ ނިމިފައެވެ. އެގޮތުން، އޮޕަރޭޝަންގައި ހަރަކާތްތެރިވާ އެހެނިހެން ފުލުހުން ކަނޑައަޅައި އޮކްޓޯބަރު 01 އިން ފެށިގެން އޮޕަރޭޝަން ނިމެންދެން މި އޮޕަރޭޝަންގެ ބޭނުމަށް ހަރަކާތްތެރިވަމުން ގެންދާނެވެ.