އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި ތަކެއްޗަކީ ހޮވައިގެންގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

ސެޕްޓެމްބަރު 15 ހަދީބީ މަގު, މަސްޖިދުލް މުޙައްމަދު އިމާދުއްދީން މިސްކިތް ތެރެއިން އާންމުފަރާތަކުން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރ 498332

ސެޕްޓެމްބަރ 15 ވަނަ ދުވަހު އަބަދަށްއުފާ މަގު، ތުއްރަވާސް ގޯޅި ކަންމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ 107 ގަސް ޕޮޓް. އިންސިޑެންޓް ނަންބަރ 498261

ސެޕްޓެމްބަރ 17 ވަނަ ދުވަހު ޝަހީދު އަލީ ގޯޅި ކަންމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 3 ފައިވާން (ކިޓޯ ، ޕްރައިމް ބްރޭންޑް ، ގަމްބޯލް ބްރޭންޑް). އިންސިޑެންޓް ނަންބަރ 498501

ސެޕްޓެމްބަރ 17 ވަނަ ދުވަހު ސޯސަންމަގު،  ސިންދިތާ ކުރިމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބިޑި ގޯންޏެއް (39 ހޮޅި ބިޑި) އިންސިޑެންޓް ނަންބަރ 498515

ސެޕްޓެމްބަރ 17 ވަނަ ދުވަހު މ.އެރޯވިލާ ގޯޅި ތެރޭގައި ވަގަށްނަގާފައި ބަހައްޓާފައި ހުރި ކަމަށް ބެލެވޭ 27 ފޯނު ކަވަރު އިންސިޑެންޓް ނަންބަރ 498547

ސެޕްޓެމްބަރު 19 ވަނަ ދުވަހު ބަންޑާރަ މިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1 ކުޑަ ސިވް ، ސިވް ބްރޭންޑްގެ 1 ފަހާފޮށި ، ޖީޕަސް ބްރޭންޑްގެ 4 ލައިޓް ، މަކިޓާ ބްރޭންޑްގެ 1 ބުރުމާ ، މަކިޓާ ބްރޭންޑްގެ 1 ބެޓްރި ބުރުމާ. އިންސިޑެންޓް 498676

ސެޕްޓެމްބަރ 20 ވަނަ ދުވަހު  ބޮޑުރަސްގެފާނު މަގުން އާންމުފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 3 ޕަަވަރ ބޭންކް. އިންސިޑެންޓް ނަންބަރ 498802

ސެޕްޓެމްބަރ 20 ވަނަ ދުވަހު އާންމުފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއް. އިންސިޑެންޓް ނަންބަރ 498830

ސެޕްޓެމްބަރު 20 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޓޫލް ބޮކްސްއެއް އިންސިޑެންޓް ނަންބަރ 498817

ސެޕްޓެމްބަރު 20 ވަނަ ދުވަހު މާވެޔޮ ގޯޅި ތެރެއިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކައިރިހަދާ މެޝިނެއް އިންސިޑެންޓް ނަންބަރ 498881

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.