MPS2253

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި ތަކެއްޗަކީ ހޮވައިގެންގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

އޮގަސްޓު 7 ވަނަ ދުވަހު ހުޅުމާލެ ފަޅުތެރެއިން ފެނިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އެސްއެސް ނަގިއްޔެއް. އިންސިޑެންޓް ނަންބަރ 494319

ސެޕްޓެމްބަރ 2 ވަނަ ދުވަހު މއ. އާނުވެލި ކަރިން ފެނިފައިވާ ޑެކަރ ބްރޭންޑުގެ ބެޓެރި ބުރުމާއެއް. އިންސިޑެންޓް ނަންބަރ 496896

ސެޕްޓެމްބަރ 4 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ދެ ޕަވަރ ސަޕްލައި. އިންސިޑެންޓް ނަންބަރ 497048

ސެޕްޓެމްބަރ 6 ވަނަ ދުވަހު ގަލޮޅު ސަރަހައްދުން ގެނެސްފައިވާ ވެރިއަކުނެތް ދެ ލަވް ބަރޑް. އިންސިޑެންޓް ނަންބަރ 497227

ސެޕްޓެމްބަރ 7 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައި ދެ މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ފަސް ކޭސް ނެސްކެފޭ. އިންސިޑެންޓް ނަންބަރ 497455

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.