Maafushi

މާފުށި ޖަލަށް ގިނަ އަދަދެއްގެ ފޯނާއި އެހެނިހެން ތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށި ޕޮލިހާއި އިންޓެލިޖެންސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު 97 މޯބައިލް ފޯނާއި، 109 ޗާޖަރާއި، 77 ޔޫއެސްބީ ކެބަލްއާއި، 65 ހެޑްސެޓާއި، ރައުޓަރެއްގެ އިތުރުން 61 ސިމްކާޑާއި، ދެ ކަޓަރު ތިލަބޮނޑިއާއި އެހެނިހެން ބައެއް ތަކެތި ފެނިފައިވެއެވެ.

މި މައްސަލަ މާފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.