2021 ޖޫން 26 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ޏ. ފުވައްމުލަކު ދިގުވާނޑު އަވަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ނަރުދަމާ ޕަންޕު ސްޓޭޝަން ކުރިމަތިން، މުޙައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުގައި ހިނގި މާރާމާރީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވޭތޯ ބަލަން ބޭނުންވެެއެވެ.

ވީމާ، ދެންނެވުނު މާރާމާރީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ނުވަތަ މަންޒަރު ދުށް ފަރާތެއް ވާނަމަ، ނުވަތަ އެ މާރާމާރީއާ ގުޅޭ ފޮޓޯ/ވީޑިއޯ ހުރި ފަރާތެއް ވާނަމަ، ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.