44

އައްޑޫސިޓީ ހިތަދޫ އެވްރިވަން ލަރނިންގ ސެންޓަރުން ވައްކަންކޮށްފައިވާ ކަމަށް ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މަހު 24 ވަނަ ދުވަހު އިންޓެލިޖެންސާއި ހިތަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން ހިދަތޫގެ ދެ ގެ އެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، އެވްރިވަން ލަރނިންގ ސެންޓަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮމްޕިއުޓަރ ސިސްޓަމަކާއި އިލެކްޓްރޯނިކްސް ސަމާނު އެ ދެ ގެއިން ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ހިދަތޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.