
ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށް މައްސަލަތައް ތަހުގީގު ކުރަން ފަށައިފިއެވެ.
މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެދެމީހުންގެ ތެރެއިން 21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ އެމްޕީއެލް ޖެޓީ ކައިރިން އިއްޔެ ހަވީރުގެ ވަގުތެއްގައި ހުއްޓުވި ކާރެއްގެ ޑިކީން ފެނުނު ދަބަހެއް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ފުޅި ފެނުމާ ގުޅިގެންނެވެ.
39 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ބްރިޖް ހައިވޭ އިން ދުއްވާ ދަނިކޮށް ހުއްޓުވައި، އޭނާގެ އަތުގައި އޮތް ކޮތަޅެއް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ފުޅި ފެނުމާ ގުޅިގެންނެވެ.
މި ދެމައްސަލަ ހުޅުމާލެ ޕޮލިސް އިން ދަނީ ތަހުގީގު ކުރަމުންނެވެ.