Elections Commanders

މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ކޮމާންޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފުލުހުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ އިސްކަންދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އިންތިޚާބާ ގުޅުހުންހުރި ކަންކަމާ ގުޅޭގޮތުންނާއި މަޢުލޫމާތު ބަދަލުކުރުމާއި ކޮމްޕްލެއިންސް ބިއުރޯއަށް މައްސަލަތައް ހުށަހަޅާނެ ގޮތްތަކާއި ކޮވިޑްގެ ހާލަތާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ގެންގުޅޭ އުސޫލުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މި ސެޝަންގައި މަޢުލޫމާތު ދެއްވާފައިވަނީ އިލެކްޝަން ކޮމިޝަންގެ ދެ މުވައްޒަފެކެވެ. މި ސެޝަންގައި އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރާއި އަތޮޅުތަކަށް ކޮމާންޑަރުންގެ ގޮތުގައި ދާ ކޮމިޝަންޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ.