Male

ދިވެހި ފުލުހުންގެ ހިދުމަތުގެ 88 ވަނަ އަހަރީ ދުވަހާ ގުޅިގެން މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

dhidha

މާލޭގައި ދިދި ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރޭ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައެވެ. އަދި އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ގެންގޮސްފައިވަނީ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައެވެ.

Dhidha3

ކޮންމެ އަހަރެއްގައިވެސް ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވިނަމަވެސް ކޮވިޑްގެ ހަލާތާ ގުޅިގެން މިއަހަރު ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި ދިދަ ވެެރިންނާއެކުއެވެ.