Naivaadhoo

ހދ. ނައިވާދޫ ސްކޫލުގެ ދަރިވަރުންނަށާއި މުދައްރިސުންނަށް އަދި އެސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން މިދިޔަ ފެބްރުއަރީ މަހުގެ 28 ން މާރޗު މަހުގެ 1 ވަނަ ދުވަހަށް ނައިވާދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެންޓި ސޯޝަލް ބިއޭވިއަރ އާ ބެހޭގޮތުންނާއި، އިންޓަނެޓް ރައްކާތެރިގޮތުގައި ބޭނުން ކުރާނެ ގޮތްތަކަށް ހޭލުންތެރިކޮށް، އިންޓަނެޓް މެދުވެރިކޮށް ހަނގާކުރުމާއި ސައިބަރ ބުލީންގގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި މަގުމަތީގައި އުޅޭ އިރު ދަރިވަރުން ސަމާލުކަންދޭންވީ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

 މީގެއިތުރުން ސައިބަރ ކުރައިމް އަކީ ކޮބައިކަމާއި ސައިބަރ ބްލީންއާއި މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ބްލެކް މެއިލް މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ބެލެނިވެރިއެއްގެ އިރުޝާދާއި ނުލައި މީސްމީޑިއާ ބޭނުން ނުކުރުމަށާއި، ސައިބަރ ކުރައިމްގެ މައްސަލައެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުންވެސް ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.

މިސެޝަންތަކުގައި މުޖުތަމައުގައި ހިނގާ ކުށްތަކާބެހޭގޮތުންނާއި، ކުށްކުރުން ހުއްޓުވިދާނެ ގޮތާބެހޭގޮތުންނާއި، ކުޑަކުދިން ކުރާ ކުށްތަކުގައި ޖިނާއި މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތާއި، މަދަނީ މަސްއޫލިއްޔަތު އުފުލަން ޖެހޭގޮތާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.