މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އާންމު ރައްޔިތުން އަހުލުވެރި ކުރުވައި މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މ. މަޑުއްވަރީގައި ކުރިއަށް ގެންގޮސްފިއެވެ.

މ. މަޑުއްވަރީގައި އަލަށް ލައިސަންސް ނެގުމަށް ތައްޔާރުވަމުންދާ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނަށް އަލަށް ގެނެސްފައިވާ އިސްލާހުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، އެކްސިޑެންޓްތައް ހިނގުމަށް ދިމާވާ ސަބަބުތަކާއި އެކްސިޑެންޓްތައް ހިނގިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ. އެ ޕްރޮގްރާމްގައި 27 މީހުން ބައިވެރިވިއެވެ.

ދިއްގަރު ޕޮލިސް ސްޓޭޝަނުން މި މަހުގެ 27 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަކީ މަޑުއްވަރި ކައުންސިލުގެ އެދުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.