ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކ. ގުޅީގައި ކުރިއަށް ގެންގޮސްފި

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޖާވިދު އިސްމާޢީލް
0-02-03-cb818b4999133757e23a69547ada48594e60c8570a02e0d48b212aca5a5db09d_86344d7f

ކ. މާފުށީ ޕޮލިސް ސްޓޭޝަނުން ކ. ގުޅީގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ފެބްރުއަރީ 24 ވަނަ ދުވަހު ގުޅީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ވަނީ އެރަށުގައި ދުއްވާ އުޅަނދުތަކުގެ މައުލޫމާތު އެއްކޮށް، ރަށުގައި ހުރި ފިހާރަތަކަށާއި ކެފޭ، ރެސްޓޯރަންޓްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ގުޅީގައި ހުރި ފިހާރަތަކަށް ޒިޔާރަތްކޮށް، އާންމުކޮށް ހިނގާ ވައްކަންތައް ކޮށްފައި ހުންނަ ގޮތްތަކާއި އެކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންމައުލޫމާތު ދީފައިވެއެވެ. އަދި އެރަށުގައި ހުރި ކެފޭ އަދި ރެސްޓޯރަންޓްތަކަށް ޒިޔާރަތްކޮށް ކުށުގެ ވެށީގައި އުޅޭ ޒުވާނުންގެ ފަރާތުން ކުރިމަތިވާ ކަންކަމަކީ ކޮބައިތޯބަލައި، މައުލޫމާތު އެއްކޮށްފައިވެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ވަނީ އެކި ނަންނަމުގައި ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތުވެސް ދީފައެވެ. އެގޮތުން އެފަދަ ކޯލްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ދީފައިވެއެވެ.

އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ އެއަތޮޅުގެ ރަށްތަކުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ސިލްސިލާކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.