viber_image_2021-02-21_09-13-57

ލ. ގަން އިހައްދޫ ސްކޫލުގެ ކަބް ސްކައުޓުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކާއި ލ. އިސްދޫ ސްކޫލުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ޓީމް ބިލްޑިންގ  ސެޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މި ފެބްރުއަރީ މަހު 19 ވަނަ ދުވަހު ލ. ގަން، އިހައްދޫ ސްކޫލުގެ ކަބް ސްކައުޓް ދަރިވަރުންނަށް ލ. ގަން ޕޮލިސް ސްޓޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ދަރިވަރުންށް ފަތަން ދަސްކޮށް ދިނުމާއި މޫދުގައާއި ކަނޑުމަތީގެ ހާދިސާއެއް ދިމާވެއްޖެނަމަ ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ދަސްކޮށްދިން ހުނަރުތައް ސްކޫލުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްވަރަށް ދަރިވަރުންނަށް އެނގިފައިވޭތޯ ބަލާފައިވެއެވެ. މި ޕްރޮގްރާމަކީ ސްކޫލުގެ އެދުމުގެ މަތިން ކަބް ސްކައުޓްގައި ހިމެނޭ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 30 ކުދިން ބައިވެރިވެފައި ވެއެވެ.

aa

ލ. އިސްދޫ ސްކޫލުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޓީމް ބިލްޑިންގ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހު 18 ވަނަ ދުވަހުއެވެ.

ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން އިސްދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ އެ މި ސެޝަންގައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިއްމު ކަމާއި ބެހޭ ގޮތުންނާއި ޓީމެއްގެ ތެރޭގައި ލީޑަރު އަދާކުރާ ދައުރާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެކްސަސައިޒްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އިސްދޫ ސްކޫލުގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ މި ސެޝަނަނީ އެސްކޫލުގައި ފާހަގަކުރާ “ޕްރޮފެޝަނަލް ޑޭ” އާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ  ސެޝަންއެކެވެ. މި ސެޝަންގައި ޖުމްލަ 37 ޓީޗަރުން ބައިވެރި ވެފައި ވެެއެވެ.