Thaa

ސްކޫލްތަކުގެ ބެލެނިވެރިން ހޭލުންތެރި ކުރުވައި މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. މަޑިފުށި ސްކޫލާއި ތިމަރަފުށި ސްކޫލްގެ ބެލެނިވެރިނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މި ފެބުރުވަރީ މަހުގެ 16 ވަނަ ދުވަހު ”ސިފަވަންތަ ބެލެނިވެރިން” ގެ ނަމުގައި މަޑިފުށި ސްކޫލްގެ ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ބެލެނިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. މަޑިފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ސެޝަންގައި، މުޖުތަމައަށް ފައިދާހުރި ރަނގަޅު އަހުލާގެއްގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމާއި ލޯތްބާއި އަޅާލުން ދިނުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ރީތިކޮށް ލޯބިން ކުދިންނާ މުއާމަލާތު ކުރުމާއި ކުދިންނަށް ނަމޫނާ ބަޔަކަށް ބެލެނިވެރިން ވުމަށް މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، މި މަހު 16 ވަނަ ދުވަހު ތިމަރަފުށި ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި އެ ރަށު ހެލްތު ސެންޓަރު އަދި ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔަ އެ ސެޝަންގައި ކުދިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ޒިންމާއަކީ ކޮބައިކަމާއި ކުދިންގެ ކިބައިން ފެންނަ އަހުލާގީ މައްސަލަތައް ހައްލުކުރާނެ ގޮތުގެ މައުލޫމާތު ދީފައިވެއެވެ. އަދި ކުށުގެވެށިން ކުދިން ދުރުހެލިކުރުވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

ބެލެނިވެރިންނަށް މައުލޫމާތު ދިނުުމުގެ ސިލްސިލާ ޕްރޮގްރާމްތައް އަތޮޅުތެރޭގައި ދަނީ ހިންގަމުންނެވެ.