ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން މިދިޔަ އަހަރު ހިންގި ޕްރޮގްރާމެއްގެ ތެރެއިން --
ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން މިދިޔަ އަހަރު ހިންގި ޕްރޮގްރާމެއްގެ ތެރެއިން --

ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި މި ހިދުމަތުގައި ތިބި މީހުންނަށް އިތުރަށް އަހުލުވެރިކުރުވުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުގެ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ފަށައިފިއެވެ.

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދާ މިތަމްރީނު ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ އަދި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާނެއެވެ.

މި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ޕްރޮގްރާމުގައި، ޓެކްސީގެ ހިދުމަތާ އަލަށް ގުޅޭ 200 މީހަކާއި މި ހިދުމަތުގައި މިވަގުތު ތިބި މީހުންގެ ތެރެއިން 169 މީހަކު ބައިވެރިވެފައިވެއެވެ.

ޓެކްސީ ޑްރައިވަރުންގެ ތަމްރީނު ޕްރޮގްރާމުގެ ހަތަރު ބުރެއް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވެއެވެ. މިތަމްރީނަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ ތަމްރީނެކެވެ.