sto

މޯލްޑިވްސް ޕޮލިސް ސަރވިސްގެ 2019 އިން 2024 އަށް އެކުލަވާލައިފައިވާ ސްޓްރެޓީޖިކް ޕްލޭންގެ ރޯޑް އެންޑް މެރިޓައިމް ޕޮލިސިންގައި އެކުލެވޭ، ސަރުކާރު މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ޓްރެފިކް އެވެއާނަސް ޕްރޮގްރާމްގެ ދަށުން ޑްރައިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެސްޓީއޯގެ ޑްރައިވަރުންނަށެވެ.

މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމުގައި ފަރުވާތެރިވާންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަނާއި އެސްޓީއޯ ޑެލިވަރީ އޮފީހުގެ އިތުރުން އެސްޓީއޯ ތިލަފުށި އޮޕަރޭޝަންސްގެ ޑްރައިވަރުން ބައިވެރިވި އެ ޕްރޮގްރާމްގައި މައުލޫމާތުދެއްވީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ފުލުހުންނެވެ.

މި ޕްރޮގްރާމަކީ ސަރުކާރު މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށްގެން ހިންގާ ސިލްސިލާ ޕްރޮގްރާމެކެވެ.