
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
ޖަނަވަރީ 22 ވަނަ ދުވަހު ވައިލެޓް މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ކޮންޑިއުޓް ހޮޅި ރޯލަކާއި، 50 ވޯލްޓުގެ މާކަރީ ލައިޓެއް. އިންސިޑެންޓް ނަންބަރު 476732
ޖަނަވަރީ 23 ވަނަ ދުވަހު ނީލޯފަރު ހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ޕްރޮމޭޓް ބްރޭންޑްގެ ވަޔަލެސް އިއަރޕޮޑެއް. އިންސިޑެންޓް ނަންބަރު 476884
ޖަނަވަރީ 24 ވަނަ ދުވަހު ކަނޑިދޮންމަނިކު ގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ފަސް ނަރު ރޯލު. އިންސިޑެންޓް ނަންބަރު 476916
ޖަނަވަރީ 24 ވަނަ ދުވަހު މަސްމާރުކޭޓު ކުރިމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ޒިއޯމީ އެމްއައި ބްރޭންޑްގެ ކަޅުކުލައިގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 476954
ޖަނަވަރީ 24 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީ ޕާކިންޒޯނު ތެރެއިން ފެނިފައިވާ ޒިއޯމީ އެމްއައި ބްރޭންޑްގެ ނޫކުލައިގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 476963
ޖަނަވަރީ 25 ވަނަ ދުވަހު ސޯސަންމަގު ސިޓީ ބޭކަރީ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ދެ ޖީންސް. އިންސިޑެންޓް ނަންބަރު 476999
މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓު ނަންބަރު ވިދާޅުވެދެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.