އަދި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން ކުށުގެ އެއްވެސް އަމަލެއް ހިންގައިފިނަމަ އަމަލުކުރަންވީ ގޮތްތަކާ އަދި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ވަކިން ހާއްސަކޮށް ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިއެވެ. އަދި ވިޔަފާރި ބަންދުކޮށްފައިދާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރަ ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޔަގީން ކުރުމާ އަދި ފިހާރައިގެ ބޭރުގައި ދަންވަރުގަޑީގައި މުދާ ނުބެހެއްޓުމަށާއި ރޭގަނޑު ފިހާރަ ބަންދުކޮށްފައި ދާއިރު ފިހާރައިގައި އަލިކަމެއް ބެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، ގޭބިސީތަކަށް ޒިޔާރަތްކޮށް އާންމު ރައްޔިތުން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، ގެދޮރާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރަށް ކުރެވެންހުރި ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ކުށުގެ ވެށިން ރައްކާތެރިވެތިބުމަށް މައުލޫމާތު ދީފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، އެ ރަށްރަށުގެ ކައުންސިލުތަކާ ބައްދަލުކޮށްފައިވެއެވެ. އެގޮތުން ރަށުގެ އާންމު ހާލަތު އޮޅުންފިލުވައި، ކުށްމަދު މާހައުލެއް ރަށުގައި ގާއިމުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވެންހުރި ކަންމާއި އެކަންކަން ކުރުމަށް މަޝްވަރާކޮށްފައިވެއެވެ.

ހދ. އަތޮޅުގައި ފުލުހުން ގާއިމުވެފައި ނެތް ރަށްރަށަކީ ކުރިނބި، ނެއްލައިދޫ، ނައިވާދޫ އަދި ހިރިމަރަދު އާއި ކުމުންދޫގެ އިތުރުން ފިނޭ އާއި ވައިކަރަދުއެވެ.