ރައްކާ ރޯޑް ސޭފްޓީ ރަން ފެށުމުގެ ގޮތުން ޖަނަވަރީ 8 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
ރައްކާ ރޯޑް ސޭފްޓީ ރަން ފެށުމުގެ ގޮތުން ޖަނަވަރީ 8 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ފުލުހުންނާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ފެށި ރައްކާ ރޯޑް ސޭފްޓީ ރަންއަށް ދުވުމަށް ކަނޑައެޅި ކިލޯމީޓަރުގެ އަމާޒަށް ވާސިލްވެއްޖެއެވެ.

ޖަނަވަރީ 8 ވަނަ ދުވަހުގެ ހަވީރު ފެށި ރައްކާ ރޯޑް ސޭފްޓީ ރަންގައި ދުވުމަށްކަނޑައަޅާފައިވާ ކިލޯމީޓަރުގެ އަމާޒަކީ 2018 ން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދުކަމަށްވާ 5665  އެވެ.  އެގޮތުން އިއްޔެއާ ހަމައަށް ދުވުމުގެ ބައިވެރިން ވަނީ 6059 ކިލޯމީޓަރު ހަމަކޮށްފައެވެ.

Congratulations runners! 🎉🥳

Rakka Road Safety Run participants have reached the goal of running 5665 KM and then some,…

Posted by Run for Maldives on Monday, January 18, 2021

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެޖެސުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ “ރައްކާ ރޯޑް ސޭފްޓީ ރަން”   ކުރިއަށް ދަނީ 2018 ން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދުކަމަށްވާ 5665 ހިމެނޭގޮތަށް ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެއަދަދު އުނިކުރެވޭ ގޮތަށެވެ.

މި ދުވުން ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ފުލުހުންނާއި އެލައިޑް އިންޝުއަރެންސް އަދި ރަން ފޯރ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މި ދުވުމުގައި  850 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ. ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް  މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ހިމެނޭ ޓީޝާޓަކާއި މެޑަލްއެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.