MPS2253

ދެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި ތަކެއްޗަކީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:

ޖަނަވަރީ 12 ވަނަ ދުވަހު ހުޅުމާލެ ޗަނބޭލީމަގު ރާކަނި ބީޗު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ދެ ކޭސް ކޯކް. އިންސިޑެންޓް ނަމްބަރު 475766

ޖަނަވަރީ 12 ވަނަ ދުވަހު ހުޅުމާލެ ލޮޓް ނަމްބަރު 11331 ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ މަކީޓާ ބްރޭންޑްގެ ނޫކުލައިގެ ބުރުމާއަކާއި މަކީޓާ ބްރޭންޑްގެ އަޅި ކުލައިގެ ގްރޭންޑަރެއް. އިންސިޑެންޓް ނަމްބަރު 475754

ވީމާ މިތަކެތީގެ ވެރިފަރާތުން، ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9980062 އަށް ގުޅުއްވައި، އިންސިޑެންޓް ނަމްބަރު ވިދާޅުވެދެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.