
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
ޖަނަވަރީ 5 ވަނަ ދުވަހު ފަނޑިޔާރު މިސްކިތްކައިރިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ޔޫއެމްއައި ބްރޭންޑްގެ މޮބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 475029
ޖަނަވަރީ 6 ވަނަ ދުވަހު ހަވީރީހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ފެންމޯޓަރެއް. އިންސިޑެންޓް ނަންބަރު 475099
ޖަނަވަރީ 6 ވަނަ ދުވަހު ސެނަހިޔާ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ އެޗްބީ ބްރޭންޑްގެ ލެޕްޓޮޕެއް. އިންސިޑެންޓް ނަންބަރު 475132
ޖަނަވަރީ 6 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ލިފްޓް އެލާމް ދެ ސިސްޓަމް. އިންސިޑެންޓް ނަންބަރު 475098
ޖަނަވަރީ 8 ވަނަ ދުވަހު މަޖީދީމަގު ސޮނީހާޑްވެއާ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ މަކީޓަރ ބްރޭންޑްގެ ގްރޭންޑަރަކާއި ކަރަންޓް ނަރުތަކެއް. އިންސިޑެންޓް ނަންބަރު 475311
ޖަނަވަރީ 8 ވަނަ ދުވަހު ޕޮލިޓެކްނިކް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ބޫޓުތަކަކާއި ފައިވާންތަކެއް. އިންސިޑެންޓް ނަންބަރު 475324
ޖަނަވަރީ 8 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ސެމްސަންގ އޭ 30 ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 475359
ޖަނަވަރީ 9 ވަނަ ދުވަހު އިސްކަންދަރު ސްކޫލް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ދެ ގޯނި ކަރަންޓު ނަރު. އިންސިޑެންޓް ނަންބަރު 475370
ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓު ނަންބަރު ވިދާޅުވެދެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.