
ސެންޓަރަލް ޕޮލިސް ޑިވިޜަންގެ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް، މުޙައްމަދު އަމީނުލް އިސްލާމް (20އ) އެވެ.
ވީމާ މުޙައްމަދު އަމީނުލް އިސްލާމާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9791814 ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.