
ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
ޑިސެމްބަރު 1 ވަނަ ދުވަހު މަޖީދީމަގު އިބްރާހީމީ މިސްކިތް ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފެނިފައިވާ ސައިކަލު ބްރޭކް ސިސްޓަމެއް. އިންސިޑެންޓް ނަންބަރު 471832
ޑިސެމްބަރު 2 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފެނިފައިވާ ހިޓާޗީ ބްރޭންޑްގެ ބުރުމާއަކާއި، މަކިޓާ ބްރޭންޑްގެ ބުރުމާއަކާއި، މަކިޓާ ބްރޭންޑްގެ ގްރިންޑަރެއް. އިންސިޑެންޓް ނަންބަރު 471938
ޑިސެމްބަރު 3 ވަނަ ދުވަހު ފިލިގަސްމަގުން ތުހުމަތު ކުރެވިގެން ހުއްޓުވި ދެ މީހެއްގެ އަތުން ފެނިފައިވާ ކަރަންޓު ނަރު ހުރި ގޯންޏަކާއި، 20 ސަރފޭސް ލައިޓުއިން ފޮށިގަނޑެއް. އިންސިޑެންޓް ނަންބަރު 471991
ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރު ވިދާޅުވެދެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.