Hirilandhoo shop visit

ތ. ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން، އެ ރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ނޮވެމްބަރު މަހުގެ 15 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ވައްކަމެއް ހިންގައިފިނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި، މަކަރާއި ހީލަތުން ފައިސާހޯދުމަށް ކުރަމުންދާ ކަންކަމުގެ މައުލޫމާތުދީ އެފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެތިބުމަށް މައުލޫމާތުދީފައިވެއެވެ.

މީގެ އިތުރުން ރާސްޓަސް، ރީލޯޑް މެދުވެރިކޮށް ހިންގާ ކުށްތަކުން ސަލާމަތްވެތިބުމާއި، ފިހާރައިގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ސީސީޓިވީ ކެމެރާ ހަރުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި  ވިޔަފާރި ބަންދުކޮށްފައި ދާއިރު ވަތްގަނޑުގައި ފައިސާ ނުބެހެއްޓުމަށާއި، 18 އަހަރުން ދަށުގެ ކުދިންނާ ބިދޭސީން ކޭޝިއަރުންގެ ގޮތުގައި ނުބޭއްތިބުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އެ ޕްރޮގްރާމުގެ ތެރެއިން، ކެފޭ، ރެސްޓޯރަންޓްގެ އިތުރުން ފިހާރަތައް ހިމެނޭގޮތަށް ޖުމްލަ 22 ތަނަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.