Villingili billboard

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ގއ. ވިލިނގިލީގައި ބިލްބޯޑު އިފްތިތާހު ކޮށްފިއެވެ.

ކުޑަކުދިންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމު ކޮށްދިނުމަށް މަސައްކަތްކުރުމާއި އެކަމަކީ ފަރުދީ އަދި އިޖުތިމާއީ ޒިންމާ އަކަށް ހެދުމުގެ އިތުުރުން ކުޑަކުދިންނަށް ލިބެމުންދާ އެކި ކަހަލަ އަނިޔާ ތަކާއި އެ އަނިޔާތަކުން އެކުދިން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މެސެޖުތައް ބިލްބޯޑުގައި ލިޔެފައިވެއެވެ. އަދި ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭނަމަ ރިޕޯޓު ކުރާނެ  ނަމްބަރު ލިޔެފައިވެއެވެ.

ވިލިނގިލީގެ އިތުރުން ގއ. އަތޮޅުގެ އެހެން ރަށްރަށުގައިވެސް ބިލްބޯޑު ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ‘ވަރޗުއަލް ރަން’ އެއްވެސް ފަށައިގެން ކުރިއަށް އެބަގެންދެއެވެ. މި މަހު 20 އިން 25 އަށް ކުރިއަށް ގެންދާ އެ ދުވުމުގައި ބައިވެރިވެފައިވާ ފަރާތްތަކުން ދުވުމަށްފަހު އެ ދުވެވުނު މިންވަރު ރަން ފޮރ މޯލްޑިވްސްގެ ވެބްސައިޓަށް އަޕްލޯޑު ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަަށް ކުރިއަށް ގެންދާ ހަރަކާތްތައް ކުރިއަށް ގެންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް ޖެންޑަރ ފެެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ޔުނިސެފް މޯލްޑިވްސްގެ އިތުރުން އަރކް މޯލްޑިވްސް ގުޅިގެންނެވެ.