PropertyDamage

ތިރީގައިވާ ވީޑިއޯއިން ފެންނަ މީހަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މުދަލަށް ގެއްލުންދިނުމުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެކެވެ.

ވީމާ، ވީޑިއޯއިން ފެންނަ މީހާއާބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.