NIC meeting

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއެކު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ބައްދަލުވުމުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތްތަކާއި، އެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ ދަތިތަކާ އަދި އެ ކަންކަން ހައްލުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަލަށް ގުޅިވަޑައިގެންނެވި މެންބަރުން ތައާރަފުވެލެއްވިއެވެ.

މި ބައްދަލުވުމުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އިސް ބައެއް އޮފިސަރުންގެ އިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ އިސްވެރިންނާއި އެ ކޮމިޝަނަށް އަލަށް ގުޅިވަޑައިގެންނެވި މެންބަރުން ބައިވެރިވެލެއްވިއެވެ.