
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަރޑް ޕޮމްޕޭ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ސަލާމަތީ ސަބަބުތަކަށްޓަކައި މި ދަންނަވާ މަގުތަކާއި ސަރަހައްދުތައް 2020 އޮކްޓޫބަރު 28 ވަނަ ދުވަހުގެ 12:30 ން ފެށިގެން ރަސްމިއްޔާތު ނިމެންދެން އެކިވަގުތުތަކުގައި ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ނުވަދެވޭ ގޮތަށް ބަންދުކުރެވޭނެއެވެ.
ބަންދުކުރެވޭ މަގުތަކާއި ސަރަހައްދުތައް
1- އެއަރޕޯޓް މަގު،
2- ސިނަމާލެ ބްރިޖް،
3- ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތައް
4- ގްރީން ޒޯން
އެވަގުތުތަކުގައި އެސަރަޙައްދަށް އެކި ބޭނުންތަކަށް ވަޑައިގަންނަވާ ފަރާތްތަކުން ފުލުހުން އަންގާ ގޮތެއްގެމަތިން ޢަމަލުކޮށްދެއްވުމަށް ދަންނަވަމެވެ.