IsdhooCommunityEngagement

ލ.އަތޮޅު އިސްދޫ އަދި ކަލައިދޫގައި ކުރިއަށް ގެންދިޔަ ކޮމިޔުނިޓީ އެންގޭޖްމަންޓް ޕްރޮގްރާމުގައި އެރަށްރަގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށްފިއެވެ.

އެ ދެ ރަށުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ރައްޔިތުންނާ ބައްދަލުކޮށް ރަށުތެރޭގައި އާންމުވެފައިވާ ކުށްތަކާ އެކުށްތަކުގެ ބިރުވެރިކަމާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން މައުލޫމާތު އޮޅުންފިލުވާފައިވެއެވެ. އަދި އެފަދަ ކަންތައްތަކުން ރައްޔިތުން ރައްކާތެރިވެވޭނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން އެ ދެރަށުގައި އެއްގަމުގައި ދުއްވާ އުޅަނދުތައް ޗެކްކޮށް ރައްޔިތުން ޓްރެފިކް ޤަވައިދާ އެއްގޮތަށް އަމަލުކުރެތޯ ބެލުން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމުގައި އެ ދެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށްފައިވެއެވެ.