
ފޭރުނު ފޯނާއި ވޮލެޓް - ފޮޓޯ: ހިތަދޫ ޕޮލިސް
އައްޑޫ ސިޓީ ހިތަދޫގައި ފޭރުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ހިތަދޫ މަގުމަތިން ދިޔަ މީހެއްގެ އަތުން ފޯނަކާއި ވޮލެޓެއް ފޭރުނު މައްސަލައެއް އެރަށު ފުލުހުންނަށް ހުށަހަޅާފައިވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން 38 އަހަރާއި، 39 އަހަރުގެ ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ދެ ފިރިހެނުންނެވެ.
އެ ދެމީހުން ހައްޔަރުކޮށް ފޭރުނުކަމަށް ބެލެވޭ ފޯނާއި ވޮލެޓް ހޯދައި ވެރިފަރާތާ ވަނީ ހަވާލުކޮށްފައެވެ.
މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.