Geveshi Gulhun

ދ. އަތޮޅު މާއެނބޫދޫ އާއި ދ. ހުޅުދެލީ ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެ ދެރަށުގައި ދެ ދުވަހަކަށް ބަހާލައިގެން ‘ގެވެށި ގުޅުން’ ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކަކީ ދ.އަތޮޅު ޗިލްޑްރަން ސަރވިސް ސެންޓަރާއި ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށްގެންދިޔަ ސެޝަންތަކެކެވެ.

މި ސެޝަންތައް އޮކްޓޯބަރ 12 އިން 13 އަށް މާއެނބޫދޫގައި ކުރިއަށް ގެންގޮސްފައިވާއިރު ހުޅުދެލީގައި ކުރިއަށް ގެންގޮސްފައިވަނީ 22 އިން 23 އަށެވެ.

މި ސެޝަންތަކުގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅިގެން މައުލޫމާތު ދީފައިވެއެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާތައް ދެނެގަންނާނެ ގޮތާއި، ބެލެނިވެރިންގެ ފަރާތުން ކުޑަކުދިންނަށް ދޭންޖެހޭ ރައްކާތެރިކަމާ ބެހޭގޮތުން މައުލޫމަތު ދީފައިވެއެވެ. އަދި އެކުދިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ވާ އިހުމާލާ ކުށުގެ ވެއްޓަށް ކުއްޖާ ހުށަހެޅޭ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އިންޓަރނެޓް ފަދަ ވަސީލަތްތައް މެދުވެރިކޮށް ކުޑަކުދިން ގަނާކުރުން އާންމުވެފައިވާ މިންވަރާއި އެފަދަ ކަންތައްތަކުން އެކުދިން ދުރުކުރުމަށް ނަޞޭޙަތްތެރިވެފައިވެއެވެ. މީގެއިތުރުން، މުޅި ރަށަށް އަމާޒުކޮށް މި ދެ ރަށުގައި ހަވީރެއް ކުރިއަށްގެންގޮސްފައިވެއެވެ. މި ހަވީރުގައި ރައްޔިތުންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ކުޅިވަރުތަކުގައި ވަނަވަނަ އަށް އައި ފަރާތްތަކަށް އިނާމު ދިނުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ސެޝަންތަކުގައި ސްކޫލު ދަރިވަރުން، ބެލެނިވެރިން އަދި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ސެޝަންތައް ކުރިއަށް ގެންދިޔުމުގައި މި ދެރަށުގައި ހުންނަ އެކު މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ލިބިފައިވެއެވެ.

ކުރިއަށްއޮތް ތަނުގައި ދ. އަތޮޅުގެ ހުރިހާ ރަށެއްގައި މި ސސެޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.