ފީވަކުގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --
ފީވަކުގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --

ށ. ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ހުރި ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އޮކްޓޫބަރު 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ވިޔަފާރަވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީ ހޭލުންތެރިކުރުވާފައިވެއެވެ.

އެގޮތުން ބިދޭސީންނަށް ލޭންދޭނަށް ދޫކުރާތަކެއްޗަށް ބައެއް ފަހަރު އެމީހުން ފުރައިގެން ދާއިރުވެސް ފައިސާ ނުދައްކާ ފުރައިގެން ދިއުން ފަދަ ކަންކަން ފާހަގަކުރެވިފައިވާތީ ބިދޭސީންނަށް ތަކެތި ދޫކުރާނަމަ ވަކި އަދަދަކަށްވުރެ އިތުރަށް ދޫނުކުރުމަށާއި މަކަރާއި ހީލަތުން ރީލޯޑް އަދި ރާސްޓަސް ހޯދާ މައްސަލަތައް ފާހަގަކުރެވިފައިވާތީ އެފަދަ ކަންކަމަށް އިތުރަށް ސަމާލުވުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ފިރާތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.