viber_image_2020-10-12_13-51-46

އަޕަރ ނޯތު ޕޮލިސް ޑިވިޜަނުގައި ހިމެނޭ ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކޯވިޑް 19 އަށް ފައްސިވެ ބައެއް މުވައްޒަފުން ކަރަންޓީނު ކުރުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައި ފުލުހުންގެ މަސައްކަތްތައްދަނީ ކުރިއަށެވެ.

އަދި ބަލިން އިތުރަށް ރައްކާތެރިވުމަށް ޑިވިޜަންގެ ހުރިހާ މުވައްޒަފުންގެ އެހީތެރިކަމާއެކު ގިނަ މަސައްކަތްތަކެއްވެސް ދަނީ ކުރަމުންނެވެ. އެގޮތުން ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒުތަކާއި އެހެނިހެން ތަންތަނުގައި އުޅޭއިރުވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރަމުންދާނެއެވެ. އަދި ފުލުހުންގެ މަރުކަޒުތައް ޑިސް އިންފެކްޓް ކުރުމުގެ ކަންކަން ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދާނެއެވެ. އަދި ފުލުހުން ބޭނުންކުރަމުންދާ ކަނޑު އުޅަނދުތަކާއި އެއްގަމު އުޅަނދުތައްވެސް ގަވާއިދުން ޑިސް އިންފެކްޓް ކުރަމުންގެންދާނެއެވެ.

viber_image_2020-10-12_13-51-45

އޭގެ އިތުރުން ޕޮލިސް ސްޓޭޝަންތަކުން ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައިވެސް ހާއްސަ ކަންތައްތަކެއްވަނީ ހަމަޖައްސާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހިދުމަތްތައް ކުރިއަށް ގެންދާނެއެވެ. އަދި ރަށުތެރެ ބެލެހެއްޓުމުގެ ކަންކަންވެސް ކުރިއެކޭ އެއްގޮތަށް މެދުނުކެނޑި ކުރިއަށް ގެންދާނެއެވެ.

މިދަނޑިވަޅުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރުއަދާކުރަމެވެ.