Thinadhoo

ގދ. ތިނަދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންދާ މީހުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި އޮކްޓޯބަރ 12 ވަނަ ދުވަހު އެ ސެންޓަރުގައި ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، މުޖްތަމައުގައި އާންމުވަމުންދާ ކުށްތަކާއި އެ ކުށްތަކުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް  މައުލޫމާތު ދީފައިވެއެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމުން ލިބޭ ގެއްލުންތަކާއި އެފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ވައްކަމާ އެހެނިހެން ކުށްތަކަަށް އަރައިގަތުމަށް މަގުފަހިކުރުވާ ކަންކަމުން ދުރުހެލިވުމަށް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން އިސްލާމްދީނުގެ ރީތި އަދަބުތަކާއި ރިވެތި އުސޫލުތަކަށް އަހުލުވެރި ކުރުވައި މުޖްތަމައުގައި ބޭނުންހިފޭ ބަޔަކަށް ވުމަށް މައުލޫމާތު ދީފައިވެއެވެ.