MPS2253

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި ތަކެއްޗަކީ މި ސެޕްޓެމްބަރ މަހުގެ 15 އިން 22 އަށް މާލޭ މަގުމަތިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިގޮޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ

ސެޕްޓެމްބަރ 15 ވަނަ ދުވަހު ކާނޭޝަން މަގު، ރެޑްވޭވް ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގޭސް ފުޅިއެއް. އިންސިޑެންޓް ނަންބަރ 465251

ސެޕްޓެމްބަރ 19 ވަނަ ދުވަހު އާސަހަރާ ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވެހިކަލް އެންޓަނާއެއް. އިންސިޑެންޓް ނަންބަރ 465568

ސެޕްޓެމްބަރ 20 ވަނަ ދުވަހު މަޖީދީމަގުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 500 ރުފިޔާގެ ހަ ނޫޓު (ޖުމްލަ 3000 ރުފިޔާ). އިންސިޑެންޓް ނަންބަރ 465673

ސެޕްޓެމްބަރ 22 ވަނަ ދުވަހު މާފަންނުން ތުހުމަތު ކުރެވިގެން ހުއްޓުވި ތިން މީހެއްގެ އަތުން ފުލުހުންގެ ބެލެމުގެދަށަށް ގެނެސްފައިވާ ތިން ރޯލު ކަރަންޓު ނަރު. އިންސިޑެންޓް ނަންބަރ 465847

ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.