police 7

އއ. ރަސްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ރަސްދޫ ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަހުގީގު ކުރަންފަށައިފިއެވެ.

އެ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. ރަސްދޫ ޕޮލިސް ސްޓޭޝަނާއި، އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން، ފުލުހުން އޭނާގާތު މަޑުކުރަން ބުނުމުން މަޑުނުކޮށް ދުވެފައިގޮސް މޫދަށް ފުންމާލާފައިވެއެވެ. އެހެންކަމުން ފުލުހުން މޫދަށް ފައިބައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބުލެޓު ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.