ލ. އަތޮޅުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ޕޮލިސް ސްޓާފް ސަރޖަންޓް އައިމިނަތު ރައިހާނާ
police 2

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސެޕްޓެބަރ 09 ވަނަ ދުވަހު ލ. އަތޮޅުގެ ދެ ރަށެއްގައި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއް ހިންގައިފިއެވެ.

އެގޮތުން ހިންގި ފުރަތަމަ އޮޕަރޭޝަނަކީ ފޮނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި ފޮނަދޫ ބަނދަރު ސަރަހައްދުން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީކޮތަޅެއް ފެނިފައިވެއެވެ.

ދެ ވަނަ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސާއި އިސްދޫ ޕޮލިސް ސްޓޭޝަނުން ގުޅިގެން ހިންގި އޮޕަރޭޝަނެެކެވެ. އެ އޮޕަރޭޝަނުގައި، ކަލައިދޫ ބަނދަރުގައި އޮތް ފެރީއެއް ބަލައި ފާސްކުރިއިރު މަަަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެެޓު ފެނިފައިވެއެވެ. މި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެެ.

މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.