police-2124

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު މީހަކު ހުޅުމާލެއިން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަންފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ 11:25 އެހާކަންހާއިރު އެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް ފެނިފައިވަނީ އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ހުރިދިމާ ބިންމަތިން ނެގި ރަބަރު ޕެކެޓެއްގެ ތެރެއިންނެވެ. އެރަބަރު ޕެކެޓްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 14 ޕެކެޓް ފެނިފައިވެއެވެ.