HQ3

ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ އަތޮޅެއްގެ ރަށެއްގައި 18 އަހަރުން ދަށުގެ ތިން އަންހެން ކުދިންނަށް ޖިންސާ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ އަންހެން ދަރިފުޅުގެ އިތުރުން 18 އަހަރުން ދަށުގެ ދެ އަންހެން ކުދިންނަށް  ޖިންސީ ގޯނާކޮށްފައިވާކަމަށް ބުނެ އޮގަސްޓް 25 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

 މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު ނިންމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުންގެ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނެނީ ތ އަތޮޅާއި ލ. އަތޮޅެވެ.