ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މިތަކެއްޗަކީ މި އޮގަސްްޓު މަހުގެ 21 އަދި 22 ގައި މާލޭގެ އެކި ސަރަހައްދުތަކުން، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ އަދި މަގުމަތިން ހޮވައިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ އިންސިޑެންޓް ނަންބަރުތައް:

އޮގަސްޓް 24 ވަނަ ދުވަހު މަޖީދީމަގު ހެންވޭރު ދަނޑު ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައިސްކަލް. އިންސިޑެންޓް ނަންބަރު 463425

އޮގަސްޓް 27 ވަނަ ދުވަހު ބުރުޒުމަގު މއ. ވަވަތި ކައިރި މަގުމަތީގައި އޮއްވާ ހޮވައިގެން ގެނެސްފައިވާ 200 ރުފިޔާ.  އިންސިޑެންޓް ނަންބަރު 463659

އޮގަސްޓް 27 ވަނަ ދުވަހު މަޖީދީމަގު މ. ނަރުގެ ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަކީޓާ ބްރޭންޑްގެ ރައުޓަރެއް. އިންސިޑެންޓް ނަންބަރު 463670

ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ