700

އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ ގޮތުގައި އަލަށް ހަވާލުވެލެއްވި ކޮމިޝަންޑް އޮފިސަރުން އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤާއި އައްޑޫ ސިޓީ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

އޮގަސްޓް 5 ވަނަ ދުވަހުގެ ހެނދުނު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމަކީ އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޖާޗުންގެ ގޮތުގައި ކަނޑައަޅާފައިވާ އޮފިސަރުން އެސްޓޭޝަންތަކާ ހަވާލުވެލެއްވުމަށްފަހު އެފިސަރުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށް ތައާރަފްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ.

500

މި ބައްދަލުވުމުގައި ވަނީ ކުށްމަދު އަމާން ވެއްޓެއް ގާއިމްކުރުމަށް ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާއި ފުލުހުންނާއި ކައުންސިލް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

600

މި ބައްދަލުވުމުގައި ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލްޤައްޔޫމާއި އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤާއި އައްޑޫ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުންނާއި އައްޑޫ ސީޓިގެ ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް އިމްރާން އާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ އިސް ފުލުހުން ބައިވެރިވެލެއްވިއެވެ.